މަގާއި ގޯޅިއަށް އަރާފައި ހުރި ރުއް ގަހުގެ ގޮތްޕާއި ފަން ކޮށުމާއި ގުޅޭ.

އާންމު
ނަންބަރު : (IUL)456-ESMSC/456/2026/19
ޕަބްލިޝްކުރި ތާރީޚު : 05 ޖުލައި 2026

މަގާއި ގޯޅިއަށް އަރާފައި ހުރި ރުއް ގަހުގެ ގޮތްޕާއި ފަން ކޮށުމާއި ގުޅޭ.                                         

      މަގާއި، ގޯޅިއަށް ހުރި ގަސްތަކުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ހިނގާ ބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް އުނދަގޫ ނުވާގޮތަށް 12 ފޫޓު އުސްމިނުގައި ކޮށުމަށް ދަންނަވަމެވެ. އަދި މިފަދަ އެންމެހާ ކަންކަމުގައި ފަރުދީ ޒިންމާ ނަންގަވާ، ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ ގޯތި ތެރޭގައި ހުރި ރުއް، ގަސް ތަކުން މަގާ ގޯޅިއަށްވާ ގޮތަށް ހުރި މިފަދަ ތަކެތި ކޮށާ ރައްޔިތުންނަށްވާ އުދަނގޫ ފިލުވައި ދެއްވުމަށް ދެންނެވީމެވެ. 

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އިޚުލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ.                  

ޑައުންލޯޑް ކުރުމަށް