ލ.ކަލައިދޫ

 ހައްދުންމަތީ (ލ) ކަލައިދޫއަކީ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ދިރިއުޅުނު ގަދީމީ، އިސްރަށް ކަމަށް ބުނެވެއެވެ. ލ. ކަލައިދޫ އަކީ ރާއްޖޭގެ ނިސްބަތުން ބިން ބޮޑު ރަށެކެވެ. ބިމުގައި 264 ހެކްޓަރު ހުންނައިރު، އާމްދަނީ ހޯދުމަށްޓަކައި ރަށު 85 އިންސައްތަ މީހުންކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. މީގެ އިތުރުން 15 އިންސައްތަ މީހުން އެހެނިހެން މަސައްކަތް ކޮށްއުޅެއެވެ. ކަރަންޓްގެ ހިދުމަތް ކަލައިދޫގައި ދެމުންދަނީ ފެނަކަ ކޯޕަރޭސަން ކުންފުނީގެ ފަރާތުންނެވެ. ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު 2006 ވަނަ އަހަރު ކަލައިދޫގައި ގާއިމްކޮށްދެއްވާފައިވާ ނަރުދަމާގެ ހިދުމަތާއި އަދި 2023 ވަނަ އަހަރު ކަލައިދޫގައި ސަރުކާރުން ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމް ބަލަހައްޓަމުން ގެންދަނީ ފެނަކަ ކޯޕަރޭސަންގެ ބެލުމުގެ ދަށުންނެވެ. ކަލައިދޫގައި ކައުންސިލުން ޕްރީސުކޫލްގެ ޙިދުމަތް ފޯރުކޮއްދެމުން ދެއެވެ. މީގެ އިތުރުން އެލް.ކޭ.ޖީ އިން ގުރޭޑް 10 އެއް އާއިހިސާބަށް ކިޔަވައިދޭ ސާނަވީ 1 ސުކޫލާއި ރަށުގައި ނަމާދު ކުރުމަށް 2 މިސްކިތް ހުރެއެވެ. ރަށުގައި ކުޅިވަރާއި ކަސްރަތު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޓްސަލް ދަނޑާއި، އައުޓްޑޯ ޖިމް އަދި އިންޑޯ ބެޑްމިންޓަން ހޯލް ޤާއިމް ކޮށްފައިވެއެވެ. 2013 ޑިސެމްބަރ 03 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކުން ކަލައިދޫއަކީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. މިރަށަށް ދީފައިވާ ކޯޑަކީ O-13 އެވެ. 

ރަށުގެ އާބާދީ
1083
ގޭބީސީ
212
ރަށުގެ ބޮޑުމިން (ހެކްޓަރ)
264 ހ.
ވިޔަފާރި
4
ހޮޓާ,ރެސްޓޯރަންޓް
3
ގެސްޓްހައުސް
3

ތަޞައްވުރު

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ އަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އިންސާފުވެރިކަމާއިހަމަހަމަކަމާއެކު، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތް ފޯރުކޮށްދޭ ޒިންމާދާރު މުވައްޒަފުންހިމެނޭ، ރައްޔިތުންނާއި ރަށުގެކުރިއެރުމާއި ލާބަޔަށް މަސައްކަތްކުރާ ޤާބިލް ކައުންސިލަކަށްވުން.

އަމާޒު

ހައްދުންމަތީ ކަލައިދޫ ރައްޔިތުންގެ ޙައްޤުތަކާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައިއިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރުމަށްޓަކައި އިދާރާގެ ހިންގުން ޒަމާނާއި އެއްގޮތަށް ހަރުދަނާކޮށް ތަރައްޤީއަށްމަސައްކަތް ކުރުން.

ޑައިރެކްޓަރީ

6800730 ކަލައިދޫ ޕްރީ-ސްކޫލް
3007555 ފެނަކަ ކަލައިދޫ ބްރާންޗް
3030400 އެގްރޯ ނޭސަނަލް ކޯޕަރޭޝަން
7508006 ހޮލިޑޭ ވިލާ ކަލައިދޫ
6800730 ނޫރު މިސްކިތް
6800552 އިސްދޫ ކަލައިދޫ ހެލްތް ސެންޓަރ
0000000 އިސްދޫ ކަލައިދޫ ޕަބްލިކް ވަރކް ސައިޓް
000000 އިސްދޫ ކަލައިދޫ އެސް.ޓީ.އޯ ފާމަސީ
6800540 ކަލައިދޫ މެޖިސްޓްރޭޓް ކޯޓް
6800730 ކަލައިދޫ ފުޓްސަލް ކޯޓް