މި އިދާރާގައި ޖީ.އެން.އެސް.އެސް ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭ

އާންމު
ނަންބަރު : (IUL)456-ESMSC/456/2026/17
ޕަބްލިޝްކުރި ތާރީޚު : 23 ޖޫން 2026
ސުންގަޑި : 30 ޖޫން 2026

                 މިއިދާރާގައި ޖީ.އެން.އެސް.އެސް ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންވަ ތަކެތި، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                 މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2026 ވާ އަންގާރަ ދުވަހުން ފެށިގެން 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 އާއި ދެމެދުގައި ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީގެ ޓްރާސްފަރ ސްލިޕާއެކު  ކައުންސިލްގެ މެއިލް އެޑްރެސް   info@kalaidhoo.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުނާއި މިއިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/200 ރުފިޔާ (ދުއިސައްތަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 05 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ.  މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމް (އިހައްދޫ މާލަން) ގައެވެ.                       

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.