ބަނދަރު ބެލެހެއްޓުމާއި ގުޅޭ
ކަލައިދޫ ބަނދަރަކީ ޖާގައިގެ ދަތި އަދި ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެ މަރާމާތު ކުރަން ޖެހިފައިވާ ބަނދަރެކެވެ. މި މައްސަލަ ހައްލުކުރުމަށް ޒަމާނީ ފެންވަރުގެ ބަނދަރެއް ރަށުގައި ޤާއިމް ކުރުމަށް މައި ސަރުކާރާގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މި ކައުންސިލުން މިދަނީ ކުރަމުންނެވެ. އައު ބަނދަރެއް ޤާއިމްކުރެވެންދެން މިހާރު މިއޮތް ބަނދަރު ރައްކާތެރިކަމާއެކު ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމުގައި ދަންނަވަމެވެ.
ނަމަވެސް މިހާރަކަށް އައިސް ބަނދަރު ބޭނުންކުރަމުންދާ ބައެއް ފަރާތްތަކުން މި ކައުންސިލުން ފާސްކޮށްފައިވާ " ހައްދުންމަތީ ކަލައިދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވައިދުގެ ދަށުން ހިންގުމަށް ކަނޑައަޅާ އުސޫލުތައް" 25 ފެބްރުއަރީ 2025 ގައި ގެޒެޓްކޮށް ޢާންމުކޮށްފައިވާ އުސޫލާއި ހިލާފަށް އަމަލުކުރަމުންދާކަން ދަނީ ފާހަގަ ވަމުންނެވެ. ހައްދުންމަތީ ކަލައިދޫ ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވައިދުގެ ދަށުން ހިންގުމަށް ކަނޑައަޅާ އުސޫލުތަކާޢި ހިލާފުވާ ފަރާތްތަކަށް އޮންނަ އުސޫލާއި އެއްގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ.
ގެޒެޓް ލިންކް: https://gazette.gov.mv/iulaan/329858
ވީމާ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.