ގެރިބަކަރި/ކުކުޅު ގެންގުޅުމުގެ ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކުރި އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުގެ މައުލޫމާތު އާންމުކުރުން.

އާންމު
ނަންބަރު : (IUL)456-ESMSC/456/2026/39
ޕަބްލިޝްކުރި ތާރީޚު : 12 އޮކްޓޫބަރު 2026

              މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން              މިރަށު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތުން، ނަފާ-6 ކުލީބިމުގެ ދެކުނު ފަރާތުން، ގެރިބަކަރި/ކުކުޅު ގެންގުޅުމުގެ ވިޔަފާރި ބޭނުންތަކަށް 4000 އަކަފޫޓުގެ 2(ދޭއް) ބިން، 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރި  މިކައުންސިލްގެ ނަންބަރ: (IUL)456-ESMSC/456/2026/35 (17 ސެޕްޓެމްބަރ 2026)  އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތް، ކޯޒީ ޕްލަސް/ކޯޒީ ހައުސް،ލ.ކަލައިދޫ އަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލްގެ 2026 ވަނަ އަހަރުގެ  ނަންބަރު: (05) (11-10-2026) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާއްމުކުރީމެވެ. 

                 ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާނުކުރީމެވެ.  

                          01 ޖުމާދަލްއޫލާ 1448 ހ.

                         12 އޮކްޓޯބަރ 2026 މ.

ޑައުންލޯޑް ކުރުމަށް