ޑްރައިވަރ - ( ޞިއްޙީމަރުކަޒު )
* އެމްބިލެންސް ދޮވެ ސާފުކޮށް ބެލެހެއްޓުން
* ވެހިކަލް ދަތުރުތަކަށް ބޭނުންވާ ތެޔޮ އަދި އެހެނިހެންތަކެތި އޮފީހުގެ ކަމާބެހޭ މުވައްޒަފަކާ ގުޅިގެން ޤަވާއިދުން ހޯދުން
* ވެހިކަލްގެ އެއްވެސްކަހަލަ މަރާމާތެއްބޭނުންވާނަމަ ނުވަތަ އެއްވެސް މައްސަލައެއް ފާހަގަ ކުރެވޭނަމަ އެކަމެއް ލަސްނުކޮށް އޮފީހުގެ ކަމާބެހޭ މުވައްޒަފަށް ހުށައަޅައިގެން އެކަމެއް އަވަހަށް ކުރުމަށް މަސައްކަތް ކުރުން
* މަރުކަޒުގެ އެމްބިއުލެންސްގައި ކުރަންޖެހޭ ދަތުރުތައް ފަރުވާތެރިކަމާއެކު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގެ ގަވާއިދުތަކާއި ހިލާފުނުވާ ގޮތަށް ކުރުން
* ވެހިކަލްގައި ކުރެވޭ ދަތުރުގެ ލޮގްފޮތް ބެލެހެއްޓުން
* ޑްރައިވަރުގެ މަސައްކަތް ސުޕަވައިޒް ކުރާފަރާތުން ދޭލަފަޔާއި އިރުޝާދު ޤަބުލުކޮށް އެގޮތުގެ މަތިން މަސައްކަތް ކުރިއަށްގެންދިއުން
* ވެހިކަލްގެ ތެޔޮހަމަކޮށް ދުއްވޭނެގޮތަށް ތައްޔާރަށް ބޭއްވުން
* މުޖުތަމަޢުއަށާއި ތަނަށްފައިދާހުރި ކަންކަމުގައި އޮފީހުން އަންގާ ގޮތެއްގެ މަތިން ޢަމަލީގޮތުން ބައިވެރިވުން
* އެމްބިއުލާންސްގައި ކުރެވޭ ދަތުރުތަކުގައި ބަލިމީހުނަށް އޯގާތެރިކަމާއެކުއެހީތެރިވުން އަދި ބަލިމީހުންނަށް އަވަސް ފަރުވާ ދޭންޖެހިއްޖެ ހިނދެއްގައި އެކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވެދިނުން